އޯގާތެރިކަމުގެ ހިރިގާ

އެއްޒަމާނެއްގައި ރަހާވާދޫ ރަށުގައި މަރިޔަމް ކިޔާ ކުއްޖަކު އޭނާގެ ކާފައާ އެކު ދިރިއުޅުނެވެ. މަރިޔަމްގެ ކާފަ އަލިދީ ކުރައްވަނީ ހިރިގަލުގެ މަސައްކަތެވެ.

ވާހަކަ ނަމްބަރު:

1

ވާހަކަ ލިޔުނީ:

ހަމްދާން

އެއްޒަމާނެއްގައި ރަހާވާދޫ ރަށުގައި މަރިޔަމް ކިޔާ ކުއްޖަކު އޭނާގެ ކާފައާ އެކު ދިރިއުޅުނެވެ. މަރިޔަމްގެ ކާފަ އަލިދީ ކުރައްވަނީ ހިރިގަލުގެ މަސައްކަތެވެ.

އެއްޒަމާނެއްގައި ރަހާވާދޫ ރަށުގައި މަރިޔަމް ކިޔާ ކުއްޖަކު އޭނާގެ ކާފައާ އެކު ދިރިއުޅުނެވެ. މަރިޔަމްގެ ކާފަ އަލިދީ ކުރައްވަނީ ހިރިގަލުގެ މަސައްކަތެވެ.

އަޅުގަނޑުމެންގެ ޕޭޖް އާއި އިންސްޓަގްރާމް ފޮލޯކުރުމަށް:

މާހުރާ ބޮލީގެ އެދުން: ދެވަނަ ބައި

"އަހަރެން ގެނައި އަނބުތައް މާރުކޭޓަށް އައި ވަގުތު ޗަކަ ގަނޑަކަށް ވެރުނީ. މިހާރު އަހަރެން ވިއްކާނެ އެއްޗެއް ނެތް. އަހަރެންގެ ބައްޕަ އުޅެނީ ބަލިވެ. ބައްޕަ ކައިރީ ހުންނަންވެގެން މަންމަ މިއަދު މާރުކޭޓަށް ފޮނުވީ އަހަރެން."

ލައިލާ ޒާހީގެ ކޮނޑުގައި ކޮށްޓާލިއެވެ. އަދި މަޑުމަޑުން ބުނެލިއެވެ. "ހިތްހެޔޮކަން..."

ވިސްނާލާފައި ޒާހީ އަހާލިއެވެ. ކޮންތާކު ހުރި ގަހަކުން އަނބު ބިނީ؟"

"ގޯތީގައި. އަނބު އެބަހުރި އަދިވެސް އެކަމު ގަހަށް އަރައިގެން އުޅެނިކޮށް ބައްޕަ ވެއްޓި އަނިޔާވީ. އަނބު އިތުރަށް ބިނދެދޭނެ މީހަކު ނެތް."

ވާހަކަ ނަމްބަރު:

10

ވާހަކަ ލިޔުނީ:

ހަމްދާން

އެރޭ ޒާހީ ނިދުމަށް އެނދުގައި އޮށޯތެވެ. މާ ގިނަ އިރުތަކެއް ނުވަނީސް ކޮޓަރި ތެރެއަށް އައްޔެއް ވާހެން އޭނާއަށް ހީވިއެވެ. ބަލާލިއިރު އެއްކަލަ ބޮލި އޮތީ ދިއްލިފައެވެ. ބައްތިއެއް ހެންނެވެ.

ޒާހީއަށް ދެން ސިހުން ލިބިގެން ދިޔައީ ކުއްލިއަކަށް އެ ބޮލި ވާހަކަ ދައްކަން ފެށުމުންނެވެ.

"ޝުކުރިއްޔާ އަހަރެން ހޯދީތީ. އަހަންނަށް ކިޔަނީ މާހުރާ. އަހަރެން އެބަ ބޭނުންވޭ ޒާހީގެ އެހީތެރިކަން."

ހައިރާންވެފައި ހުރި ޒާހީ އަހާލިއެވެ، "އަހަރެންގެ އެހީތެރިކަމޭ؟ ކިހިނެއް ހަދާދޭންވީ؟"

"މިއީ ކުރިން ހިތްހެޔޮކަމާއި އޯގާތެރިކަމަށް ލާމަސީލު ރަށެއް،" ބޮލި ޖަވާބު ދިނެވެ. "ނަމަވެސް މިހާރު މިކަން ދަނީ ފަނޑުވަމުން. މިކަންކަން ރަނގަޅުކޮށް ދިނުމަށް އެހީތެރިވެދީ."

ޒާހީ ވިސްނާލިއެވެ. އަދި އެހިއެވެ، "ކިހިނެއް އަހަރެން ހަދަން ޖެހެނީ؟"

"ރަށުގެ ހާލަތު ރަނގަޅު ކުރުމަށް ތިން [3] ކަމެއް ކޮށްދީ،" ބޮލި ބުންޏެވެ. "އޯގާތެރިކަމާއި، ހިތްހެޔޮކަމާއި އަދި މީހެއްގެ ފަރާތުން އަނބުރާ އެއްޗެއް ލިބޭނެ ކަމަށް ނުދެކި ކަމެއް ކޮށްދީ. މި 3 ކަންތައް ކޮށްދިނުމުން ފުދޭނެ."

އަނެއް ދުވަހު ހެނދުނު ޒާހީ ތެދުވީ ވަރުގަދަ އަޒުމަކާއިގެންނެވެ. މާހުރާ ބޮލި އެދުނު 3 ކަންތައް ކޮށްދިނުމަށެވެ. ހެނދުނު ސައިބޮއިގެން ލައިލާއާ ދިމާކުރިއެވެ. އަދި ލައިލާއަށް މާހުރާ ބޮލީގެ ވާހަކަ ކިޔާދިނެވެ. އަދި ޒާހީއަށް އެހީތެރިވެދޭނެކަމަށް ލައިލާ ބުންޏެވެ.

ދެކުދިން ވެގެން ފުރަތަމަ ދިޔައީ ރަށުގެ މާރުކޭޓަށެވެ. ހަފްތާ ބަންދު ދުވަހަކަށްވުމުން ވަރަށް ގިނަ މީހުން އެތަނުގައި ހަރަކާތްތެރިވަމުން ދިޔައެވެ. ކައިރި ރަށްރަށުގެ މީހުން ވެސް އެއްޗެތި ވިއްކުމަށް ތިބީ ވެލިމަލައިދޫގެ މާރުކޭޓަށް އައިހެވެ.

މާރުކޭޓުގައި ކަންކަން ހިނގާ ގޮތް ބެލުމަށް ދެކުދިން ތިއްބައި އެމީހުންނަށް ފެނުނީ ވަރަހަކަށް ފަސް ވަރަކަށް އަހަރުގެ ފިރިހެން ކުއްޖަކު ރޯން ހުރި ތަނެވެ. ޒާހީ އާއި ލައިލާ ގޮސް އެކުއްޖާ ކައިރީ ވެގެން އުޅޭ ގޮތް އަހާލިއެވެ.

ޖެހިގެން އައި އެއް ގަޑިއިރު ޒާހީ އާއި ލައިލާ ހޭދަ ކުރީ އެ ކުއްޖާގެ ގެއަށް ގޮސް އެ ގޭ ގޯތީގައި ހުރި ގަހުން އަނބު ބިނުމުގައެވެ. އަދި ވާވަރަށް އަނބު ބިނުމަށް ފަހު ޒާހީ ޖީބުން ވިހި [20] ރުފިޔާ ނެގިއެވެ.

އެއީ އުފަން ދުވަހުގެ މުނާސަބަތުގައި ބޭބެއެއް އޭނާއަށް ދިން ހަދިޔާއެކެވެ. މެޓާ ގަތުމަށެވެ. އެ ފައިސާ ޒާހީ ދިއްކޮށްލީ އެ ކުޑަކުއްޖާ އަށެވެ. އަދި ވިހި ރުފިޔާގެ އަނބު ގަތެވެ.

ވާހަކައިގެ ދެވަނަ ބައި ނިމުނީ.

އަޅުގަނޑުމެންގެ ޕޭޖް އާއި އިންސްޓަގްރާމް ފޮލޯކުރުމަށް:

ތަމްރީން

ހުރަހަށް:

1- ދުއްވާ އެއްޗެއް ހުއްޓުވަން ބޭނުން ކުރަނީ...؟

3. އޮފީހަށް ދާއިރު އަރަނީ؟

5- ރޭގަނޑު އުޑުމަތިން ފެންނަނީ؟

6- އަނދިރީގައި އަލިކުރަން ދިއްލަނީ؟

7- މީހުން އުޅޭ ތަންތަނަށް ކިޔާ އެހެން ނަމެއް.

ތިރިއަށް:

1- ހަފްތާގެ ދުވަހެއް.

2- ކޯރުތަކުން ފެންނަ ޖަނަވާރެއް.

4- ދާ އެއްޗެއްހި އަޅަނީ؟

5- އަތުގައި އަޅާ ގަހަނާއެއް.

6- ކާގެއަށް ކިޔާ އެހެން ނަމެއް.

ތަމްރީން ނަމްބަރު:

3

ލިޔުނީ:

ހަމްދާން

އަޅުގަނޑުމެންގެ ޕޭޖް އާއި އިންސްޓަގްރާމް ފޮލޯކުރުމަށް:

މާހުރާ ބޮލީގެ އެދުން: ފުރަތަމަ ބައި

އެބޮލި ޒާހީ އަތަށް ނެގުމާ އެކު ކުއްލިއަކަށް އެއްކަލަ އެހީއަށް ގޮވާ އަޑު ކެނޑުނެވެ. އަދި އަވީގައި ތިބެ މި ދެކުދިން އެ ބޮލި ރަނގަޅަށް އެކި ކޮޅުކޮޅަށް އަނބުރާ ބަލާ ހެދިއެވެ. ހާއްސަ ކުލައެއްގައި އޮތުން ނޫނީ މި ބޮލިން ވަކި އިތުރު ހާއްސަ ކަމެއް ފެންނާކަށް ނެތެވެ.

"ވެދާނެ ޖާދޫގެ ބޮއްޔަކަށް،" ލައިލާ ބުނެލިއެވެ.

ކޮންމެއަކަސް މި ދެކުދިން އެ ފިނޮޅުން ފޭބީ މި ބޮލި ހިފައިގެންނެވެ. އަދި ޒާހީ މި ބޮލި ގެންގޮސް އޭނާގެ ކޮޓަރީގައި ހުރި ނިދާ އެނދުގެ އަރިމަތީ ހުރި މޭޒު މަތީ ބޭއްވިއެވެ.

ވާހަކައިގެ ފުރަތަމަ ބައި ނިމުނީ.

ވާހަކަ ނަމްބަރު:

9

ވާހަކަ ލިޔުނީ:

ހަމްދާން

ވެލިމަލައިދޫ ރަށުގައި 9 އަހަރުގެ ޒާހީ އާއި އޭނާގެ އެންމެ ގާތް ރަހްމަތްތެރިޔާ ލައިލާ ހުސް ވަގުތުތައް ހޭދަކުރަނީ ރަށުގެ އަތިރިމަތީގަ އާއި މޫދުގައެވެ.

އެއްދުވަހަކު މި ދެކުދިން އަތިރިމަތީގައި ތިބީ ވާހަކަދައްކާށެވެ. މިހެން ތިއްބައި ކުއްލިއަކަށް ޒާހީގެ މޫނުމައްޗަށް ހާސްކަން ވެރިއެވެ. އަދި އޭނާ މަޑުމަޑުން އެއްސެވެ. "ލައިލާ، އަޑުއިވުނުތަ؟"

"ކޯންޗެއް؟" ލައިލާ އެއްސެވެ.

"އަޑު އަހާބަލަ."

ލައިލާ ފުން ނޭވާއެއްލާފައި އަޑުއެއްސެވެ. ކުއްލިއަކަށް އޭނާއަށް ވެސް ޒާހީއަށް އެއިވޭ އަޑުތައް އިވެންފެށި އެވެ.

"އެހީތެރިވެދީ... އެހީތެރިވެދީ..." މިހެން މަޑުމަޑުން މީހަކު ގޮވާ އަޑެވެ.

މި ދެކުދިން ވަރަށް ހާސްވެފައި އެކަކު އަނެކެއްގެ މޫނަށް ބަލާލިއެވެ. އަދި ތިބިތަނުން ތެދުވެ އެ އަޑު އަންނަ ދިމާލަށް އަވަސްވެގަތެވެ.

"އެ އަޑު އެ އަންނަނީ މިއޮށް ފިނޮޅުން،" ދިޔަވަރު ހިކިފައި އޮތުމުން ރަށާ ޖެހިގެން ހެދޭ ކުޑަ ފިނޮޅަކަށް އިޝާރާތްކޮށް ލައިލާ ބުންޏެވެ.

އެ ކުޑަ ފިނޮޅުގައި އެއްވެސް މީހަކު ނެތެވެ. އަދި ފަސް ނޫނީ އެއްވެސް އެއްޗެއް ފެންނާކަށް ވެސް ނެތެވެ. ނަމަވެސް ޒާހީ މޫދަށް ފޭބިއެވެ. އަދި އޭނާގެ ފަހަތުން ލައިލާ ވެސް މޫދަށް ފައިބާ ފިނޮޅާ ދިމާލަށް މިސްރާބު ޖެހިއެވެ.

ދެކުދިން ގޮސް ފިނޮޅަށް އަރާ އެހީއަށް ގޮވަމުން ދިޔަ އަޑާ ވީހާ ވެސް ކައިރިއަކަށް ދިޔައެވެ. އެތަނުން އެ ކުދިންނަށް ފެނުނީ ވެލިގަނޑު ތެރޭ އެއްބައި ފޮރުވިފައި އޮތް ރަން ކުލައިގެ ބޮޑު ސަންގު ބޮއްޔެކެވެ.

އަޅުގަނޑުމެންގެ ޕޭޖް އާއި އިންސްޓަގްރާމް ފޮލޯކުރުމަށް:

ސިއްރު ފޮށި

"ރަނގަޅު. ތިން ވަނަ އަރަތަކީ، އަހަރެން އަބަދުވެސް ހިނގަނީއެވެ. އެކަމު އެއްގޮތަކަށް ވެސް ނުގުޑަމެވެ. އަހަންނަކީ ކޮން އެއްޗެއް؟"

އިރުތަކެއްގެ މަޝްވަރާއަށް ފަހު ފަޒީލް ބުނެލިއެވެ. "ކޯރެއް؟"

"ގާތް ކޮށްފި، އެކަމު ރަނގަޅެއް ނޫން،" މުދައްރިސް ބުނުއްވިއެވެ.

ދަރިވަރުން އަނެއްކާ ވެސް މަޝްވަރާ ކުރިއެވެ. އަދި ކުއްލިއަކަށް ލިޔާއަށް ޖަވާބު އެނގުނެވެ. އަތް މައްޗަށް ނަގާފައި ލިޔާ ޖަވާބު ދިނެވެ. "ގަޑިއެއް. ޖަވާބަކީ އަނެއްކާ ވެސް ގަޑިއެއް. ގަޑި އަބަދުވެސް ހިނގާނެ އެކަމު ނުގުޑާނެ."

"ރަނގަޅު،" މުދައްރިސް ބުނުއްވިއެވެ. އަދި ތަޅުލާފައި ހުރި ފޮށި ހުޅުއްވާ، އޭގެ ތެރެއިން ކަރުދާސް ކޮޅެއް ނަންގަވާ ދަރިވަރުންނަށް ދެއްވިއެވެ.

އޭގައި ލިޔެފައި ވަނީ އެންމެ ޖުމްލައެކެވެ. "ސުވާލު ކުރުމަކީ ދަސްކުރުމުގެ ތަޅުދަނޑި" މިހެންނެވެ.

ވާހަކަ ނަމްބަރު:

8

ވާހަކަ ލިޔުނީ:

ހަމްދާން

ވާދޫފިނޮޅު ސްކޫލްގެ މުދައްރިސުން އެ ސްކޫލުގެ ދަރިވަރުންގެ ސިކުނޑި ތާޒާކުރުމުގެ ގޮތުން އެކި ކަހަލަ މަސައްކަތައް ހަވާލު ކުރެއެވެ. އެގޮތުން އެއްދުވަހަކު ޝިފްނާ މިސް ކްލާހަށް ދުރުވެފައި ބޯޑުގައި އަރަތެއް ލިޔުއްވިއެވެ.

"މުޅި ކޮޓަރީގައި އަހަރެން ހުރެދާނެ އެކަމު އަހަރެން އެއްވެސް ޖާގައެއް ނުނަގަން".

މި އަރަތް ކިޔުމަށްފަހު ދަރިވަރުން އެކަކު އަނެކަކާ މަޝްވަރާކުރަން ފެށިއެވެ.

"ވެދާނެތަ އެއީ ވައި ކަމަށް؟" ލިޔާ އަހާލިއެވެ. "އެކަމު ވަޔަކީ ޖާގަ ނަގާ އެއްޗެއް،" މޫސަ ބުނެލިއެވެ.

އިރުކޮޅަކުން ހަނާ ކިޔާ ދަރިވަރަކު އަތް މައްޗަށް ނަގާފައި ބުނެލިއެވެ. "މުދައްރިސް. ޖަވާބަކީ އަލި. މުޅި ކޮޓަރީގަ އަލި ހުރެދާނެ އެކަމު ޖާގައެއް ނުނަގާނެ."

"ރަނގަޅު،" ޝިފްނާ މިސް ބުނުއްވިއެވެ. އަދި އެއަށްފަހު ލަކުޑިން ހަދާފައިވާ ހަތަރެސްކަން ފިލާ ފޮއްޓެއް މޭޒު މައްޗަށް ނަންގަވާފައި ބުނުއްވިއެވެ. "މި ފޮށީގައި ވަރަށް ބޮޑު ސިއްރެއް އެބައޮތް. އެކަމު އެ ސިއްރު އެނގުމަށްޓަކައި ތިޔަކުދިން ޖެހޭނެ އިތުރު 3 އަރަތަށް ޖަވާބު ދޭން."

ކްލާހުގެ ހުރިހާ ކުދިން މިގޮތަށް އެއްބަސްވިއެވެ.

"އަހަރެންގެ މޫނެއް ހުރޭ، އެކަމު ލޮލެއް ނުހުރޭ. އަހަރެންގެ ކަށި ހުރޭ އެކަމު ގުނަވަނެއް ނުހުރޭ. އަހަންނަކީ ކޮން އެއްޗެއް،" ޝިފްނާ މިސް އެއްސެވިއެވެ.

ވަގުތުން އަލީ އަތް މައްޗަށް ނެގިއެވެ. "ގަޑިއެއް"

"ރަނގަޅު،" ހިނިތުންވެލާފައި ޝިފްނާ މިސް ބުނުއްވިއެވެ. "ދެވަނަ އަރަތަކީ، ތިބާ އަހަރެން ގިނައިން އެޅި ވަރަކަށް އަހަރެން ދޫކޮށްލާފަ ތިބާ ދާ މިންވަރު ވެސް އިތުރުވޭ. އަހަންނަކީ ކޮން އެއްޗެއް؟"

މި އަރަތުގެ ޖަވާބު ހޯދުނީ ކްލާހުގެ ހުރިހާ ކުދިންގެ މެދުގައި ކޮންމެ ވެސް ވަރަކަށް މަޝްވަރާ ކުރުމަށް ފަހުއެވެ. "ޖަވާބަކީ ފިޔަވަޅު،" މަރިޔަމް ބުންޏެވެ.

އަޅުގަނޑުމެންގެ ޕޭޖް އާއި އިންސްޓަގްރާމް ފޮލޯކުރުމަށް:

އިސްރަށްވެހިންގެ ދުވަސް

އެގޮތުން ތަދުތައް ރަނގަޅުކޮށްދީ، ފޮތިފަދަ ތަކެތީގައި ކުލަޖެއްސުން ފަދަ ކަންކަމަށް ބޭނުންކުރެވިދާނެ ފަތްޕިލާވެލި ޝަރީފާ ދައްތަ އެ ކުދިންނަށް ކިޔާދެއްވިއެވެ.

ފޫހިވެފައި އިން ސާމީ އޭނާގެ ރަހުމަތްތެރިޔާ އަމީނާއަށް ބުނެލިއެވެ. "މިހުރިހާ އެއްޗެއް އަހަރުމެން ދަސްކުރަންވީ ކީއްކުރަން؟"

ޝަރީފާ ދައްތައަށް ފަހު ދެން މައުލޫމާތު ދެއްވަން ވަޑައިގަތީ ރަޝީދު ބޭބެ އެވެ. ރަޝީދު ބޭބެ އަކީ އޮޑިދޯނިފަހަރުގައި ޒަމާންތަކެއް ވަންދެން މަސައްކަތް ކުރެއްވި ވަރަށް މޮޅަށް ރޯނު އައްސަވާ އެކިކަހަލަ ގޮށްތަށް ޖަހަން ދަންނަ ބޭބެއެކެވެ.

އެންހިފަން ބޭނުންކުރާ ދަލުގަ ޖަހާ ގޮށާއި، ބޯޓުފަހަރުގައި ބޭނުން ކުރެވިދާނެ އެކިކަހަލަ ގޮށްތައް ރަޝީދުބޭ ކުދިންނަށް ކިޔާދެއްވި އެވެ. "ކޮންމެ ވެސް ދުވަހަކުން މި ގޮށްތައް ބޭނުންކޮށް ތިޔަކުދިންނަށް ރައްކާތެރިކަން ހޯދިދާނެ،" ރަޝީދުބޭ ވިދާޅުވިއެވެ.

ވާހަކަ ނަމްބަރު:

7

ވާހަކަ ލިޔުނީ:

ހަމްދާން

ކޮންމެ އަހަރަކު ވެސް ރަށުގައި އިސްރަށްވެހިންގެ ދުވަސް ފާހަގަ ކުރެއެވެ. މި ދުވަހަކީ ރަށުގެ އުމުރުން ދުވަސްވީ މީހުންނާ އެކު ވަގުތު ހޭދަކޮށް، އެ ބޭފުޅުންގެ ހުނަރާއި ރަށުގެ ތާރީހާއި އާދަކާދަތަކާއި ސަގާފަތް ކުޑަކުދިންނަށް ދަސްކޮށްދިނުމަށް ބާއްވަމުން އަންނަ ދުވަހެކެވެ.

ސާމީ އަކީ މި ރަށުގައި އުޅޭ ކުއްޖެކެވެ. އިސްރަށްވެހިންގެ ދުވަސް ފެށުމާ އެކު މި ދުވަސް ފާހަގަކުރަން ޖެހޭ ސަބަބެއް ސާމީއަކަށް ނުވިސްނުނެވެ. އެޔަށް ވުރެއް މޫދަށް އެރެންދާން ސާމީ ބޭނުންވިއެވެ.

ކޮންމެއަކަސް އިސްރަށްވެހިންގެ ދުވަހު ކުޑަކުދިންނަށް މައުލޫމާތު ދެއްވަން ފުރަތަމަ ވަޑައިގަތީ ދިވެހިބޭސް ކުރައްވާ ޝަރީފާ ދައްތައެވެ.

"ފަތްޕިލާވެލީގެ މުހިންމުކަމާއި އެއެއްޗެހީގައި އެކުލެވިގެންވާ ސިއްރުތައް ދައްތަ ތިޔަކުދިންނަށް މިއަދު ކިޔާދޭނަން،" ޝަރީފާ ދައްތަ ވިދާޅުވިއެވެ.

ރަޝީދުބޭއަށް ފަހު ބޯފެން ހޯދާނެ ގޮތާއި، ދޫންޏަށް ބަލާ މޫސުން ކުރިޔާލާ ދެނެގަނެވިދާނެ ގޮތްތަކާއި، ކަނޑުގެ ލޮނުގަނޑަށް އަންނަ ބަދަލުތަކުން ދަސްކުރެވިދާނެ ކަންކަން ވެސް އެކި އިސްރަށްވެހިން ކުޑަކުދިންނަށް ކިޔާދެއްވިއެވެ.

މި މައުލޫމާތުތައް އަޑުއިވެމުން ދިޔަ ވަރަކަށް ސާމީގެ ޝައުގުވެރިކަން ވެސް ދިޔައީ އިތުރުވަމުން ނެވެ.

ކޮންމެއަކަސް އިސްރަށްވެހިންގެ ދުވަސް ނިމުމަކަށް އައެވެ. އަދި ކަންތައް ދިމާކުރި ގޮތުން އެރޭވީ އެ ރަށަށް ވަރަށް މުސުން ގޯސްވި ރެއަކަށެވެ.

ސާމީ ދިރިއުޅޭ ގޭގެ ބޮޑުބައެއް ހަދާފައި ހުރީ ލަކުޑިންނާއި ފިލައިން ނެވެ. މޫސުން ގޯސްވެ ވައި ބާރުވުމުން ސާމީ ދިރިއުޅޭ ގޭގެ ބިށްތައް ވެއްޓިދާނެކަމުގެ ބިރު އޭނާގެ މަންމައަށް ހީވިއެވެ. އޭރު ސާމީގެ ބައްޕަވީ ބޭސްދަތުރެއްގައި މާލޭގައެވެ.

މަންމަ ގެނެސްދެއްވި ރޯނުތައް ބޭނުންކޮށް ސާމީ ބިއްތައް ނުވެއްޓޭނޭ ގޮތަށް އައްސާ ގޮށްތައް ޖަހަން ފެއްޓިއެވެ. މަންމަ ވެސް އެހީތެރިވެދިނެވެ. ރަޝީދުބޭ ކިޔާދެއްވި ގޮތަށް ސާމީ ގޮށްތައް ޖަހަމުން ގެންދިޔައެވެ.

ނަސީބު ދިމާކުރިގޮތުން ކޮޅިގަނޑު އޮބުނީ ސާމީ ދިރިއުޅޭ ގެއަށް، އިރާދަ ކުރެއްވީތީ، އެއްވެސް ގެއްލުމެއް ނުލިބިއެވެ.

އަނެއް ދުވަހު ހެނދުނު ރަށަށް ލިބިފައިވާ ގެއްލުން ބަލާލަން ސާމީ ނުކުތެވެ. އަދި ގޮނޑުދޮށުގައި ޝަރީފާ ދައްތަ ހުންނެވިތަން އޭނާއަށް ފެނުނެވެ.

"ދައްތާ، ހުރިހާ ކަމެއް ރަނގަޅުތަ؟" ސާމީ އަހާލިއެވެ. ޝަރީފާ ދައްތަ އޭރު ގެންދެވީ ވެއްޓިފައިވާ ގަސްތަކެއް ބައްލަވަމުން ނެވެ.

"ލައްބަ ސާމީ. އަހަރުމެން ރަށުގެ މީހުންނާއި މާހައުލާއި ދިރޭތަކެއްޗަށް ދޭ ލޯބި އަނބުރާ އަހަރުމެންނަށް ލިބޭނެ އަބަދުވެސް،" ޝަރީފާ ދައްތަ ޖަވާބު ދެއްވިއެވެ.

މި ވާހަކައާ މެދު ސާމީއަށް ވިސްނާލެވުނެވެ. އަދި ބޯޖަހާލެވުނެވެ.

އިސްރަށްވެހިންނާއި އެމީހުންގެ ދުވަސް ފާހަގަކުރުމުގެ މުހިންމުކަން އިހްސާސް ކުރެވުނެވެ. ކޮޅިގަނޑުގައި ގޮއްތަށް ޖަހަން ނޭނގުނު ނަމަ ސާމީގެ ގެ ވެސް ހުންނާނެ ހާލަތެއް ނޭނގޭކަމަށް ވިސްނުނެވެ.

މީހުންނާއި، ވަށައިގެންވާ މާހައުލާއި، އެ މާހައުލުގައި އުޅޭ ދިރޭއެއްޗެއްސާ މެދު ވިސްނާލުމުގެ މުހިންމުކަން ސާމީއަށް އިހްސާސް ކުރެވުނެވެ.

އެ ދުވަހަށްފަހު ދެން ކޮންމެ އަހަރަކު ވެސް ބާއްވާ އިސްރަށްވެހިންގެ ދުވަހަށް ސާމީ ކެތް މަދުވެފައި އިންތިޒާރު ކުރެއެވެ. އާ ކަންކަން ދަސްކުރުމަށެވެ. އިސްރަށްވެހިންނަށް ދޭންޖެހޭ ގަދަރާއި ލޯބި އިތުރަށް ވަރުގަދަ ކުރުމަށެވެ.

އަޅުގަނޑުމެންގެ ޕޭޖް އާއި އިންސްޓަގްރާމް ފޮލޯކުރުމަށް:

ތަމްރީން

ހުރަހަށް:

1- ހަށިގަނޑުގެ ބައެއް.

2- މޮހޮރު ޖެހުމަށް ބޭނުން ކުރާ އެއްޗެއް.

4- އަންހެންކުދިން ލާ އުޅޭ އަންނައުނެއް.

ތިރިއަށް:

1- އެއްލީމަ އެނބުރޭ ކުޅޭ އެއްޗެއް.

2- އިރު އަރާ ----- ބަލާލަން ވަރަށް ހިތް ފަސޭހަ.

3- އެއްޗެތި ތަތްކުރަން ބޭނުން ކުރާނީ؟

ތަމްރީން ނަމްބަރު:

2

ލިޔުނީ:

ހަމްދާން

ތަމްރީން

މި އަރަތްތައް ބޭނުން ކުރެވިދާނެ ގޮތްތައް:

· ކްލާހެއް ފަށާއިރު ކުޑަކުދިންގެ ސިކުނޑި ތާޒާކޮށްލުމަށް.

· ކުޑަކުދިންގެ މެދުގައި ދިވެހި އަރަތްތަކަށް އޮތް ލޯބި އިތުރުކުރުމަށް.

· އެކުދިންގެ ސިކުނޑި ތަރައްގީ ކުރުމަށް އެހީތެރިވެދިނުމަށް.

ތަމްރީން ނަމްބަރު:

1

ލިޔުނީ:

ހަމްދާން

1- އަހަރެންނަކީ އަޑަކާ ނުލާ މީހުންނަށް ހިނިތުންވުން ގެނުވާ އެއްޗެކެވެ. އަދި ތިބާ އެހެންމީހުންނާ އަހަރެން ހިއްސާކުރުމުން އަހަރެން ވަރުގަދަވެގެން ދެއެވެ. އަހަންނަކީ ކޮން އެއްޗެއް؟

2- އަހަރެންނަކީ ރަހުމަތްތެރިއެއް ދެރަވުމުން ކުރާ ކަމެކެވެ. ހަމަހިމޭންކޮން ވެސް ކުރެވިދާނެ ކަމެކެވެ. އެކަމު ވެސް ރަހްމަތްތެރިޔާ އަށް ހިތްހަމަޖެހުން ލިބެއެވެ. އަހަންނަކީ ކޮންކަމެއް؟

3- އަހަރެން އުޅެނީ މޫދާއި ކަނޑުގައެވެ. އެ ތަންތަން ރީތިކޮށް ބެލެހެއްޓުމަށް އަހަރެން އެހީތެރިވެދެމެވެ. އަދި އެ ތަންތަނަށް ވިދުމާއި ދަޅައެޅުން އަހަރެން ގެނެސްދެމެވެ. އަހަންނަކީ ކޮން އެއްޗެއް؟

ޖަވާބުތައް:

· އޯގާތެރިކަން

· އަޑުއެހުން

· ފަރުތައް

ފާތުމާ ދައްތައަށް ލިބުނު ހަދިޔާ

ފާތުމާ ދައްތަގެ ކުދިން ތިއްބަސް އެ ހުރިހާ ކުދިން ވަނީ އެހެން ރަށްތަކަށް ދިރުއުޅުން ބަދަލުކޮށްފައެވެ. އެކުދިން މަތިން ހަނދާންވި ނަމަވެސް، ފާތުމާ ދައްތަ ވަގުތުތައް ހޭދަކުރަނީ މަސައްކަތުގައެވެ. ފަންގި ވިނުމުގެ ހުނަރަކީ ފާތުމާ ދައްތަގެ މަންމަ އަދި މާމަ ވެސް ކުރެއްވި މަސައްކަތެކެވެ.

އެއް ފަހަރަކު ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްވަރަކާ ދިމާކޮށް ފާތުމާ ދައްތަ ވަރަށް ބޮޑަށް ބަލިވިއެވެ. ހިނގާބިނގާވެ، ތެދުވެ އުޅެވޭ ވަރު ވެސް ނެތުނެވެ.

އާންމުކޮށް ގޭގެ ދޮރާށި ހުޅުވައިގެން ފަންގި ވިނުމަށް ފާތުމާ ދައްތަ އިންނަ މަންޒަރު ނުފެންނަތާ ދުވަސްކޮޅެއް ވުމުން، އަވަށްޓެރި ކުއްޖެއް ކަމުގައިވާ ލިޔާނާއަށް މިކަން ފާހަގަ ކުރެވިއްޖެއެވެ. އަދި މިއީ ކީއްވެތޯ ހޯދުމަށް ފާތުމާ ދައްތަ ގެއަށް ލިޔާނާ ޒިޔާރަތް ކުރިއެވެ.

ގޭތެރެއިން ލިޔާނާއަށް ފެނުނީ ފާތުމާ ދައްތަ ވަރަށް ބަލި ހާލުގައި އެނދުމަތީގައި އޮށޯވެގެން އޮތް ތަނެވެ. "ދައްތާ، ދައްތަ ބަލިވެތަ ތިއުޅެނީ؟" ކަންބޮޑުވެފައި ލިޔާނާ ސުވާލުކުރިއެވެ.

ހިތްވަރުކޮށްފައި ފާތުމާ ދައްތަ ޖަވާބު ދިނެވެ. "ކޮންމެ ވެސް ވަރަކަށް. އިރާދަ ކުރެއްވިއްޔާ ރަނގަޅު ވާނެ. ދައްތަ ކަންބޮޑުވަނީ އާންމުކޮށް ފަންގި ގަންނަން އަންނަ މީހުންނަށް ފަންގި ފޯރުކޮށް ނުދެވި ދާނެތީ. އެމީހުން ފަންގި ހޯދުމަށް ދައްތައަށް ބަރޯސާވޭ."

ލިޔާނާ ހިނދުކޮޅަކު ވިސްނާލިއެވެ. ފާތުމާ ދައްތަގެ މަސައްކަތުގެ މުހިންމުކަން ލިޔާނާއަށް އެނގެއެވެ. އެކަން މުހިންމު ވަނީ ހަމަ އެކަނި ދައްތައަށް އެކަންޏެއް ނޫނެވެ. މުޅި ރަށުގެ މީހުންނަށް ވެސް މެއެވެ.

"ދައްތަ އަހަންނަށް ފަންގި ވިނަން ދަސްކޮށް ދޭންވީނުން؟" ލިޔާނާ ސުވާލުކޮށްލިއެވެ. "އޭރުން ދައްތަ ރަނގަޅު ވަންދެން އަހަރެން ދައްތައަށް އެކަމުގައި އެހީތެރިވެދީފާނަން."

ލިޔާނާގެ މި ހުށައެޅުމުން ދައްތައަށް ފުން އިހްސާސްތަކެއް ކުރެވުނެވެ. ހައިރާންވިއެވެ. އަދި ޝުކުރުވެރިކަން އިހްސާސް ކުރެވުނެވެ. އަދި ލިޔާނާއަށް ފަންގި ވިނަން ދަސްކޮށްދޭން އެއްބަސްވެ، ޖެހިގެން އައި ދުވަސްތަކުގައި އެ މަސައްކަތް ފާތުމާ ދައްތަ ފެއްޓިއެވެ. ބައެއް ފަހަރު ލިޔާނާއާ އެކު އިށީނދެ އިނދެގެންނެވެ. އަނެއް ބައި ފަހަރު އެނދުމަތީގައި އޮށޯވެ އޮވެގެންނެވެ.

ވާހަކަ ނަމްބަރު:

6

ވާހަކަ ލިޔުނީ:

ހަމްދާން

ކުޑަވިލާ ރަށުގެ ގޮނޑުދޮށް ކައިރީ ހުންނަ ގެއެއްގައި ފާތުމާ ނަމަކަށް ކިޔާ ދައްތައެއް އުޅުނެވެ. އުމުރުން ދުވަސްވެފައިވާ ފާތުމާ ދައްތައަކީ ފަންގި ވިނަން ވަރަށް މޮޅު ބޭކަނބަލެކެވެ. ފާތުމާ ދައްތަ ވިނާ ފަންގި ގަތުމަށް ކައިރި ރަށްތަކުން ވެސް މީހުން ކުޑަވިލާ ރަށަށް އާދެއެވެ.

ލިޔާނާ ހީކުރިވަރަށް ވުރެއް ފަންގި ވިނުންވީ ބުރަ ކަމަކަށެވެ. ނަމަވެސް ފާތުމާ ދައްތަގެ އިރުޝާދާ އެކު ދުވަހަކަށް ވުރެ ދުވަހެއް ލިޔާނާ ދިޔައީ އެކަމަށް ކުޅަދާނަ ވަމުންނެވެ.

އިސާހިތަކުގެ ފާތުމާ ދައްތަ އަތުން ފަންގި ގަންނަން ބޭނުންވާ މީހުން އެނބުރި އަންނަން ފަށައިފިއެވެ. ލިޔާނާގެ އޯގާތެރިކަމާއި، ހިތްވަރު ފެނިފައި ރަށުގެ މީހުން އުފަލުން ފުރުނެވެ. އަދި ފާތުމާ ދައްތަ ވިނާހާ ރީއްޗަށް ލިޔާނާއަށް ވެސް ފަންގި ވިނެވޭކަމަށް ބުނެ، ބައެއް މީހުން ލިޔާނާއަށް ތައުރީފު ކުރިއެވެ.

ދުވަސްތަކެއް ފަހުން ފާތުމާ ދައްތަގެ ބަލިހާލު އިރާދަކުރެއްވީތީ އެކީ ރަނގަޅުވިއެވެ. އަދި ބަލިހާލު ރަނގަޅު ވުމުން ވެސް ލިޔާނާ އާއި ފާތުމާ ދައްތަ އެކުގައި ފަންގި ވިނަމުން ގެންދިޔައެވެ. މި މަސައްކަތުން ރަށުގެ ގިނަ ބައެއްގެ ބޯހިޔާވަހިކަމަށް އެހީތެރިވެދެވޭތީ ފާތުމާ ދައްތަ އާއި ލިޔާނާ ފަހުރުވެރިވިއެވެ.

އަދި ފާތުމާ ދައްތަ ނެތް ދުވަހަކުން މި މަސައްކަތް ދަސްކޮށްފައިވާ ކުއްޖަކު ރަށުގައި ހުރުމުން، އެކަމާ ފާތުމާ ދައްތަ ވަރަށް ހިތްހަމަޖެހުނެވެ.

ލިޔާނާ އާއި ފާތުމާ ދައްތަ އެކުގައި ތިބެ ވިނާ ކޮންމެ ފަންވަތަކުން އޯގާތެރިކަމާއި ލޯބި އިހްސާސް ކުރެވޭކަމަށް ރަށުގެ މީހުން އެފަހުން ބުނެއުޅެއެވެ.

'ކުޑަ ފައްޔާޒް'ގެ ހުނަރު

އުފަލުން ހުރެ ފައްޔާޒު މި ބޮލި ހިފައިގެން ރަށު އޮފީސް ދޮށަށް ދިޔުމުން ސަރުދާރު ފައްޔާޒުއަށް މަރުހަބާ ވިދާޅުވެ އިނާމު ހަވާލުކުރިއެވެ.

އަދި އޭގެ އިރުތަކެއް ފަހުން ފައްޔާޒްގެ ރަހުމަތްތެރިން އޭނާ ހޯދަން ގެޔަށް އައެވެ. އަދި ސުވާލު ކުރިއެވެ. "ފައްޔާޒް އެހާ އަވަހަށް ބޮލި ހޯދީ ކިހިނެއް؟" ހެއްޔެވެ.

"އިރުޝާދުތައް ރަނގަޅަށް ކިޔާ އެޔާ މެދު ވިސްނާލީ،" ފައްޔާޒް ބުންޏެވެ.

ޒަކީ ހިނިތުންވެލިއެވެ. އަދި ފައްޔާޒު ކޮނޑުގައި އަތް ޖައްސާލާފައި ބުންޏެވެ. "އަހަރުމެންނަށް ފާހަގަ ނުކުރެވޭ އެތައް ކަމެއް ފައްޔާޒު އަށް އަބަދުވެސް ފާހަގަވޭ. އެއީ ކަންނޭނގެ ފައްޔާޒްގެ ހުނަރަކީ."

އެ ދުވަހަށް ފަހު އަމިއްލަ ހާއްސަ ހުނަރެއް ހުންނަކަމާ މެދު ފައްޔާޒް ސުވާލެއް ނުކުރެއެވެ. އަދި ބައެއް ފަހަރު ހުނަރެއް ފެންނާނީ ވަގުތު ޖެހުމުންކަން ވެސް ފައްޔާޒް އަށް އެނގުނެވެ. އަދި އެފަހުން އޭނާގެ ރަހުމަތްތެރިންނަށް ދިމާވާ ވިސްނަން ޖެހޭ ކަންކަމުގައި އޭނާ އެހީތެރިވަމުން ގެންދިޔައެވެ.

ވާހަކަ ނަމްބަރު:

5

ވާހަކަ ލިޔުނީ:

ހަމްދާން

ތުލާ ކިޔުނު ރަށެއްގައި އެހެން ކުދިންނަށް ވުރެ އިސްކޮޅުން ކުރު، ކުޑަކޮށް ހުންނަ ފައްޔާޒު ކިޔާ ކުއްޖަކު އުޅުނެވެ. ކުދިން އޭނާއަށް ކިޔާ އުޅެނީ "ކުޑަ ފައްޔާޒް" އެވެ. އޭނާއަށް ނިސްބަތްކޮށް މިގޮތަށް ވަނަން ކިޔާތީވެ ފައްޔާޒު އެކަމާ ކަންބޮޑެއް ނުވެއެވެ. ސަބަބަކީ ފައްޔާޒްގެ ރަހްމަތްތެރިން ގިނަ ކަންކަމުގައި އޭނާއަށް ވުރެ ކުޅަދާނާވެފައި މޮޅުވުމުން ނެވެ.

ފައްޔާޒްގެ ރަހްމަތްތެރިން ވަރަށް ހުނަރުވެރިއެވެ. އެގޮތުން ޒަކީ އަކީ ތުލާ ރަށުގައި ހުރި އެންމަ ބާރަށް ފަތާ ކުއްޖާއެވެ. އޭނާ އަބަދުވެސް އުޅެނީ މޫދުގައެވެ. ދެން ހުރީ އައިމިނަ އެވެ. އައިމިނަ އަކީ އެއްގަމުގައި ހުރި އެންމެ ހަލުވި ކުއްޖާއެވެ. އައިމިނަ ދުއްވައިގެންފިނަމަ އޭނާ އަތުވާނެ ކުއްޖަކު ރަށަކު ނެތެވެ.

ދެން ހުރި ފައްޔާޒުގެ ރަހުމަތްތެރިޔާ ލުވެއިޒާ އަކީ އެއްޗެހި ބިނާކުރުމުގައި ޖާދޫގަރެއް ކަހަލަ ކުއްޖެކެވެ. އެއްފަހަރަކު ލުވެއިޒާ ވަނީ ކުޑަ ދޯންޏެއް ވެސް ބަނދެފައެވެ.

މި ހުރިހާ ރަހްމަތްތެރިންނާ އެކު އުޅެމުން ފައްޔާޒު އަބަދު ވެސް ހިތަށް އަރާ އެއްޗެއް އޮވެއެވެ. "އަހަރެންގެ ހާއްސަ ހުނަރަކީ ކޮބައިބާ؟" ވައެވެ. އޭނާ އަކީ ބާރަށް ފަތާ ނުވަތަ ދުވާ ނުވަތަ އެއްޗެހި ބިނާކުރަން ވެސް މޮޅު ކުއްޖެއް ނޫނެވެ.

ފައްޔާޒުގެ ހުރީ ކޮން ހުނަރެއްތޯ އޭނާ އަމިއްލައަށް ރަހުމަތްތެރިންނާ ވެސް ސުވާލު ކުރެއެވެ.

"ފައްޔާޒު ކުޑަވީމަ ހަލުވިވާނެތާ. އެއީ ހާއްސަ ކަމެއް،" ޒަކީ ބުންޏެވެ.

ނަމަވެސް މި ޖަވާބުން ފައްޔާޒްއަށް ފުއްދާލަން އުނދަގޫވިއެވެ.

އެއްދުވަހަކު ތުލާ ރަށުގެ ރަށު އޮފީހުން އެ ރަށުގެ ހުރިހާ ކުޑަކުދިންނަށް މުބާރާތެއް ބޭއްވިއެވެ. ރަށު ތެރޭ އާންމު ސަރަހައްދެއްގައި ބޮއްޔެއް ފޮރުވާފައިވާ ކަމަށާއި، މި ބޮލި ހޯދި ކުއްޖަކަށް މެޓާ ކޮތަޅެއް ލިބޭނެ ކަމަށް ރަށު އޮފީހުގެ ސަރުދާރު ވިދާޅުވިއެވެ.

އަދި މި ބޮލި ފޮރުވާފައި އޮތް ތަން ހޯދަން ފަސޭހަކޮށްދިނުމަށްޓަކައި އިރުޝާދުތަކެއް ލިޔެފައި ހުރި ގަނޑެއް ހުރިހާ ބައިވެރިންނަށް ސަރުދާރު ބެއްސެވިއެވެ.

ކޮންމެ އަކަސް މުބާރާތް ފެށިކަން އިއުލާނު ކުރުމާ އެކު ފައްޔާޒުގެ ތިން ރަހުމަތްތެރި ވަގުތުން ގެއްލިއްޖެއެވެ. އެމީހުންނެކޭ އެއްގޮތަށް ފައްޔާޒު ދުއްވައިގަންނަން ހިތަށް އެރިއެވެ. ނަމަވެސް ހުރިތަނުގައި މަޑުކޮށްލިއެވެ. އަދި އިރުޝާދުތައް ލިޔެފައި އޮތް ގަނޑަށް ބަލާލިއެވެ.

ފުރަތަމަ އިރުޝާދުގައި އޮތީ މިހެންނެވެ.

"ހިޔަނިތައް ނަށައި ވައިރޯޅިތައް ފޮރުވިފައި ހުންނަ ތަނުގައި، ފެނުގެ ކައިރީގައި ބޮލި އިންތިޒާރު ކުރެއެވެ."

މި އިރުޝާދާ މެދު ފައްޔާޒު ވިސްނާލިއެވެ. ހީވާގޮތުން އެ ބުނަނީ ބޮލި ފޮރުވާފައި އޮތީ މޫދާ ކައިރި ތަނެއްގައި ހިޔަލުގެ ތެރޭގަ އެވެ. އެ ރަށު ވަށައިގެން ބޮޑު ތުނޑިއެއް އޮތުމުން މޫދާ ކައިރީގައި ހިޔާވެފައި ހުންނަ ތަންތަން މަދުކަން ފައްޔާޒު އަށް ވިސްނުނެވެ.

ދެވަނަ އިރުޝާދު ފައްޔާޒު ކިޔާލިއެވެ.

"ފިޔަވަޅުތައް މަދުން ނަމަވެސް ދާ ތަނެއް، ކުދިކުދި އެއްޗެތި ބޮޑުވާ ތަނަކުން އަހަރެން ހޯދާށެވެ."

މި ދައްކަނީ ކޮންތަނެއްގެ ވާހަކަކަން ފައްޔާޒަށް ވަގުތުން އެނގުނެވެ. އެއީ އުތުރު ފަރާތު މޫދު ކައިރީގައި ހެނދިފައިވާ ގަސްގަނޑުގެ ވާހަކައެވެ.

ދެން ފައްޔާޒު ތިންވަނަ އިރުޝާދު ކިޔާލިއެވެ.

"އުޑުމަތީގެ ކުލަ ހަމައެކަނި ކެތްތެރިކަމުން އަހަރެން ހާމަވާނެއެވެ."

މި އިރުޝާދުން ފައްޔާޒްއަށް ދޭހަވީ ފޮރުވާފައިވާ ބޮއްޔަކީ ނޫކުލައިގެ ބޮއްޔެއް ކަމެވެ. އަދި ފަހަރުގައި އެ ބޮލި ކޮންމެވެސް ވަރަކަށް ވެލިތެރޭ ފޮރުވިފައި އޮވެދާނެކަމެވެ.

މި ތިން އިރުޝާދާ މެދު ވިސްނާލުމަށް ފަހު ފައްޔާޒު ރަށުގެ އުތުރު ފަރާތަށް ދިޔައެވެ. އަދި ކެތްތެރިކަމާ އެކު އެތަނުގައި ހެދިފައި އޮތް ގަސްގަނޑުގެ އެތެރެ މޫދާ ދިމާލުން އަތްފުނާ އަޅަން ފެށިއެވެ. މިހެން ހޯދަމުން ދަނިކޮށް އިސާހިތަކު ނޫކުލައިގެ އެއްޗެއް ވެލިގަނޑު ތެރޭ އޮށްވައި ފެނިއްޖެއެވެ. ހިތް އަވަސްވެފައި ހުރެ ފައްޔާޒު ވެހި ކަހާލާފައި އެ އެއްޗެއް ނަގައިފެއެވެ.

ނޫކުލައިގެ ބޮޑު ބޮއްޔެކެވެ!

ގޮތްނޭނގޭ އަވަށްޓެރިޔާ

ފުރަތަމަ ހައިރާންވެ ހުރެފައި ދެން ހިނިތުންވެލާފައި އެ އަންހެން ކުއްޖާ އަތުން ޓާޓާކިޔުން ފަދަ އިޝާރާތެއް ކޮށްލާފައި ގެއަށް އެނބުރި ވަދެއްޖެ އެވެ.

ނާދިޔާ އާއި ހަސަން އެކަކު އަނެކަކަށް ބަލާލިއެވެ. "އެ ކުއްޖާ އެއްވެސް އެއްޗެއް ވެސް ނުބުނި،" ހަސަން ބުންޏެވެ.

ޖެހިގެން އައި ދުވަސްތަކުގައި އަލަށް ރަށަށް ބަދަލުވި މި އަންހެން ކުއްޖާއަށް ކިޔަނީ ލައިލާކަން ނާދިޔާ އާއި ހަސަންއަށް އެނގުނެވެ. ބައެއް ފަހަރު ގޮނޑުދޮށުން ބޮލި ހޮވަން ލައިލާ އެކަނި އުޅޭ މަންޒަރު ވެސް އެ ރަށު މީހުންނަށް ފެނެއެވެ.

އަދި ލައިލާއާ ބެހޭގޮތުން، އޭނާ ހެދުން އަޅާގޮތާ ބެހޭގޮތުން، އަދި އޭނާ އެއްގޮތަކަށް ވެސް ވާހަކަ ނުދައްކާތީ އެކަމާ ބެހޭގޮތުން ރަށުގެ ކުދިން އެކި ކަހަލަ ވާހަކަ ދައްކަން ފަށައިފިއެވެ. އަދި ލައިލާ މާ ފޮނީކަމަށް ވެސް ބައެއް ކުދިން ކިޔަން ފެށިއެވެ.

ނަމަވެސް ނާދިޔާއަށް މިކަން ގަބޫލުކުރަން ތަންކޮޅެއް ދަތިވިއެވެ. "ވެދާނެނުން ލައިލާ ތަންކޮޅެއް ލަދުރަކީ ކަމަށް؟" އެއްދުވަހު ހެނދުނު ނާދިޔާ ރަހްމަތްތެރިން ގާތު ބުނެލިއެވެ. "އަހަރުމެންނަށް އަދި އޭނަ ނޭނގޭތާ."

އެ ދުވަހު މެންދަރު ނާދިޔާ ނިންމީ ހަދިޔާއެއް ހަދައިގެން ގޮސް ލައިލާއަށް ދޭށެވެ. ގޮނޑުދޮށުން ވަރަށް ރީތި ބޮއްޔެއް ހޯދުމަށް ފަހު، އެ ބޮލި ސާފުކޮށް ރީތި ކަރުދާސް ގަނޑަކަށްލާ ޕާރުސަލުކޮށްލާފައި ނާދިޔާ ލައިލާގެ ގެއަށް ދިޔައެވެ.

ނާދިޔާ ޓަކިޖެހުމުން ދޮރުހުޅުވާލި ލައިލާ ހައިރާންވިއެވެ. ހަދިޔާ ދިއްކޮށްލާފައި، "މިއީ ގޮނޑުދޮށުން ފެނުނު ވަރަށް ރީތި ބޮއްޔެއް. ލައިލާއަށް ކަމުދާނެކަމަށް ހީވީމަ ހަދިޔާއަކަށް ގެނެސްދިނީ މި،" ނާދިޔާ ބުނެލިއެވެ.

ލައިލާ ހިނިތުންވެލިއެވެ. އަދި ޝުކުރިއްޔާ ބުނެފައި ޕާރުސަލް ތެރޭ އޮތް ބޮލި ނަގާ ބަލާލިއެވެ. އިރުކޮޅަކު ބޮއްޔަށް ބަލަން ހުރެފައި، ގޭތެރެއަށް ވަނުމަށް ނާދިޔާއަށް ލައިލާ ދައުވަތު ދިނެވެ.

އެގެއަށް ވަނުމާ އެކު ނާދިޔާއަށް ލިބިގެންދިޔައީ ފުން ހައިރާން ކަމެކެވެ. އެ ގޭގެ ފާރުތައް ޒީނަތްތެރިކޮށްފައި ވަނީ ބޮއްޔާއި، މިނަލާއި، ރުކުފަނުން ހަދާފައިވާ ތަފާތު ފަރުމާތަކުން ނެވެ. އަދި ދިވެހިރާއްޖޭގެ އެކި ރަށްރަށުގެ ގޮނޑުދޮށްތަކުން ނަގާ އެއްކޮށްފައި ހުރި ޗާލު ބޮލިތަކެއް ނާދިޔާއަށް ލައިލާ ދައްކާލިއެވެ.

ވާހަކަ ނަމްބަރު:

4

ވާހަކަ ލިޔުނީ:

ހަމްދާން

ފޭލާ ކިޔާ ރަށެއްގައި ކުޑަކުޑަ ގެއެއް ފަޅަށް ހުންނަތާ ވަރަށް ޒަމާންވެއްޖެ އެވެ. މި ރަށު އެންމެން ވެސް މިގެޔަށް ކިޔަނީ "ދުވަސްވީ މަސްވެރިޔާގެ ގެ" އެވެ. މޫދާ ކައިރީގައި ހުންނަ މި ގޭގައި މީހަކު ދިރިއުޅުނު ހަނދާނެއްވާ މީހަކު ފޭލާގައި ނެތެވެ. ނަމަވެސް އެއްރެއަކު މި ގޭ ތެރެއިން ބޮކިތައް ދިއްލާފައި ހުއްޓާ ރަށުގެ ބަޔަކަށް ފެނުނެވެ.

އަދި މި ހަބަރު ރަށުތެރޭގައި ފެތުރުނެވެ. އެންމެފަހުން އެ ގޭގައި އާ ބަޔަކު ވަޒަންވެރިވީ ކަމަށް ހީކޮށް ރަށު އެންމެން ވެސް ތިބީ އެއީ ކޮންބައެއްތޯ އެނގުމުގެ އުއްމީދުގަ އެވެ.

"ވެދާނެ އެއީ މަސްވެރި އާއިލާއެއް ކަމަށް،" ނާދިޔާ ބުންޏެވެ.

"ނުވަތަ ވަރަށް ގިނަ ކުދިން ތިބޭ އާއިލާއެއް ކަމަށް،" ނާދިޔާގެ ރަހްމަތްތެރި ހަސަން އުފާވެފައި ބުންޏެވެ.

ޖެހިގެން އައި ދުވަހު އެއްކަލަ ދުވަސްވީ މަސްވެރިޔާގެ ގޭ ދޮރާށި ކުރިމަތިން ނާދިޔާ އާއި ހަސަން އަށް އަންހެން ކުއްޖަކު ފެނުނެވެ. ލަދުންހެން ހީވާ ގޮތަކަށް ހުރި އެ ކުއްޖާގެ އިސްތަށިގަނޑު ދިގުވެފައި ކަޅެވެ. އަދި ތަފާތު ގޮތަކަށް ހެދުން އަޅައިގެން ހުރި އެ ކުއްޖާގެ ކަރުގައި ބޮލިން ގަތާލާފައި އޮތް ހާރެއް ވެސް އޮތެވެ.

އެ ކުއްޖާ ފެނުމާ އެކު ނާދިޔާ އާއީ ހަސަން އެ ގޭ ދޮރާށްޓާ ކައިރިއަށް ޖެހިލިއެވެ.

"އަހަންނަށް ކިޔަނީ ނާދިޔާ އަދި މިއީ ހަސަން،" ރަހުމަތްތެރި ވެލަމުން ނާދިޔާ އިސްވެ ތައާރަފް ވެލިއެވެ.

މިއިން ކޮންމެ ބޮއްޔެއް ހޮވީ ކޮން ރަށަކުންކަމާއި އެ ބޮލި ހާއްސަވާ ސަބަބު ލައިލާ ކިޔާދިނެވެ.

"އަހަރެން މިރަށަށް މި ބަދަލުވީ އެހެން ރަށަކުން. އެހެންވީމަ މި ރަށުން އެއްވެސް މީހަކު ނޭނގޭތީވެ ވަރަށް އެކަނިވެރިކަން އިހްސާސް ކުރެވޭ،" ލައިލާ ބުނެލިއެވެ.

މިހާހިސާބުން ލައިލާ އަކީ ފޮނި ނުވަތަ ރަހްމަތެރިވާން ބޭނުން ނުވާ ކުއްޖެއް ނޫންކަން ނާދިޔާއަށް އެނގުނެވެ. އާ ރަށަކަށް ބަދަލުވުމުން ލައިލާއަށް އެކަނިވެރިކަން އިހްސާސް ކުރެވެނީކަން އެނގުނެވެ.

"މި ބޮލިތައް އެހެން ކުދިންނަށް ދައްކާލަންވީނުން؟" ނާދިޔާ ހިޔާލު ދިނެވެ. "އެކުދިންނަށް ވެސް ވަރަށް ކަމުދާނެހެން ހީވަނީ."

ޖެހިގެން އައި ދުވަހު ރަށުގެ ކުޑަކުދިން އެއްވާ ޕާކަކަށް ބޮލިސެޓު ހިފައިގެން ލައިލާ ދިޔައެވެ. އަދި ކުނަލެއް ބިންމަތީގައި އަޅާ އެ ކުނާ މަތީގައި ބޮލިތައް އަތުރާލިއެވެ. އަދި އެކި ބޮލިބޮއްޔާ ބެހޭ މައުލުމާތު ލައިލާ އެކި ކުދިންނަށް ކިޔާދިނެވެ.

އެ ބޮލިތަށް ހޮވި ދުރު ރަށްރަށާއި ބެހޭ މައުލޫމާތުތައް ވެސް ލައިލާ ކިޔާދިނެވެ. އަދި އެކުދިން އެހި ބައިވެރު ސުވާލުތަކަށް ލައިލާ ޖަވާބުދިނެވެ.

މިއާ އެކު ރަށުގެ ކުދިންގެ މެދުގައި ލައިލާ އަކީ އާދަޔާއި ހިލާފު ކުއްޖެއްކަމަށް ހީވެފައި އޮތް އޮތުން ނިމުމަކަށް އައެވެ. އޭނާ އަކީ ތަފާތު ގިނަ ރަށްރަށަށް ދަތުރުކޮށްފައިވާ ލަދުރަކި ކުއްޖެއް ކަމަށާއި، އޭނާ އަކީ އެކި ވައްތަރުގެ ބޮލިތައް ހޮވުމަށް ލޯބި ކުރާ ކުއްޖެއްކަން އެނގިގެންދިޔަ އެވެ.

ކުރިން އިސްވެ ލައިލާއަށް ތައާރަފު ނުވެވުނީތީ އާއި ލައިލާއާ ބެހޭ ގޮތުން އެކި ގޮތްގޮތަށް ވާހަކަ ދެއްކި ކުދިން އެކަމާ ދެރަވާކަމަށް ލައިލާ ގާތު ބުންޏެވެ. ހީލާފައި އެއީ ތިމަންނައެއް ވެސް ވެދާނެކަމެއް ކަމަށް ލައިލާ ޖަވާބު ދިނެވެ.

އެ ދުވަހަށް ފަހު ލައިލާ އަކީ ރަށުގެ ހުރިހާ ކުދިންގެ އެކުވެރި އެކެވެ. އަދި އެ ދުވަހަށް ފަހު އެ ރަށަށް އަލަށް އަންނަ އާއިލާތަކަށް އެ ރަށު ކުދިން މަރުހަބާ ކިޔަނީ ހުޅުވާލެވިފައިވާ ހިތަކާއިގެންނެވެ.

ލައިލާ އާއި ނާދިޔާގެ ފަރާތުން އެރަށު ކުދިންނަށް އިތުރަށް ދަސްވި ކަމަކީ އޯގާތެރިކަމާ އެކު ކަންތައް ކުރުމުން ނުދަންނަ މީހުން ވެސް ރަހްމަތްތެރިންނަށް ވެވިދާނެކަމެވެ.

ރަށުގެ ބޮޑު ފެސްޓިވަލް

ވާހަކަ ނަމްބަރު:

3

ވާހަކަ ލިޔުނީ:

ހަމްދާން

ނީނާ، ތޯރިގް، ހަމްޒާ އަދި ފާތުމާ އަކީ ރަހްމަތްތެރިންނެވެ. ހުކުރު ދުވަހުގެ ފެސްޓިވަލުގައި ބައިވެރިވުމަށް މި ހަތަރު ކުދިން އެކުގައި އެއް ބޫތު ހެދުމަށް ނިންމިއެވެ.

އަދި މިކަމާ ބެހޭ މަޝްވަރާތައް ފެށުމާ އެކު މި ހަތަރު ކުދިންގެ ހިޔާލު ވެސް އެއް ކުއްޖަކު އަނެއް ކުއްޖަކާ ވަރަށް ތަފާތުކަން ހާމަވެގެން ދިޔައެވެ.

"އަހަންނަށް ހީވަނީ ކުޅިވަރެއް ހެން ކަމުދާނީ. މިސާލަކަށް ވަށިގަނޑަކަށް ބޮލި އުކުން ކަހަލަ،" އެކި ކަހަލަ ކުޅިވަރުތައް ކުޅެން ފޯރި ހުންނަ ތޯރިގް ހިޔާލު ދިނެވެ.

"ކިހިނެއް ވާނީ ކާބޯތަކެތި ވިއްކާ ބޫތެއް ހަދަން؟" ފާތުމާ ބުނެލިއެވެ. "ފެސްޓިވަލަށް ޒިޔާރަތް ކުރާ މީހުން އެއްޗެއް ކާލާ ބޯލާ ހަދަން ވެސް ބޭނުންވާނެތާ."

ފާތުމާގެ ހިޔާލަށް ވިސްނާލަން އިނދެފައި ހަމްޒާ ބުންޏެވެ، "މޫނުގައި ކުލަޖައްސާ ކަހަލަ ކަމެއް ކުރަންވީނުން؟ ކުޅިވަރުތަކުގައި ސަޕޯޓަރުން ހަދާގޮތަށް؟ ކުދިން ވަރަށް ފޯރި ހުންނަ ކަމަކަށް ވެދާނެ."

ހިޔާލެއް ނުދީ އިން ނީނާ ހަމްޒާގެ ހިޔާލަށް ބޯޖަހާލިއެވެ. "ކިހިނެއް ވާނީ ބޮއްޔާއި މިނާ ފަދަ ތަކެތިން ގަހަނާ ހަދަން ދަސްކޮށްދިނިއްޔާ؟" އަމިއްލަ އަތުގައި އަޅާފައި އޮތް ކެވެލިކޮޅަށް ބަލާލަމުން ނީނާ ބުނެލިއެވެ.

"އެކަމު އަހަރުމެންނަށް ލިބެނީ އެންމެ ބޫތެއްނު،" ފާތުމާ ބުނެލިއެވެ. "މި ހުރިހާ ކަމެއް ކުރާނީ ކިހިނެއް؟"

ހަދާނެ ގޮތެއް ނޭނގި ހަތަރު ކުދިން ވިސްނަން ތިއްބައި ރަށުގައި ވަރަށް އިހްތިރާމް ލިބިގެންވާ އުމުރުން ދުވަސްވީ އަންހެން ބޭކަނބަލެއް ކަމުގައިވާ އައިޝާ ދީދީ އަށް މިތަން ފެނިވަޑައިގަތެވެ. "ކުދިންނޭ، ކިހިނެއް ވެފައި ތިތިބީ މާ މާޔޫސްވެފައި؟" އާއިޝާ ދީދީ ސުވާލު ކުރެއްވިއެވެ.

އަދި ވެގެން އުޅޭ ގޮތް މި ހަތަރު ކުދިން އާއިޝާ ދީދީއަށް ދެންނެވިއެވެ.

"ތިއިން ކޮންމެ ކުއްޖެއްގެ ވެސް ވަކި ހާއްސަ ހުނަރެއް އެބަހުރި،" އާއިޝާ ދީދީ ވިދާޅުވި އެވެ. "ކިހިނެއް ވާނީ ހުރިހާ ކުދިންގެ ހުނަރު ވެސް ދައްކާލެވޭ ބޫތެއް ހަދަން؟"

މި ހިޔާލަށް ހައިރާންވެ ތިބެ ހުރިހާ ކުދިން އެއް ކުއްޖަކު އަނެއް ކުއްޖަކަށް ބަލާލިއެވެ. އަދި ހަމްޒާ އަހާލިއެވެ. "ކިހިނެއްތޯ އެހެން ހަދާނީ؟"

"މިގޮތަށް ވިސްނާލާ،" އާއިޝާ ދީދީ ޖަވާބުދެއްވި އެވެ. "ބޫތު ހަތަރު ބަޔަށް ބަހާލާފައި ކޮންމެ ކުއްޖަކަށް ވަކި ގޮޅިއެއް ކަނޑައަޅާ. އޭރުން ބޫތަށް ޒިޔާރަތް ކުރާ މީހުން ކުޅިވަރެއް ކުޅެލާފައި، އެއްޗެއް ކާލާފައި، ގަހަނާ ހަދާފައި، މޫނުގައި ކުލަ ވެސް ޖެއްސިދާނެ. އެފަދަ ބޫތެއް ވެގެން ދާނީ ފެސްޓިވަލަށް ޒިޔާރަތް ކުރާ މީހުންނަށް ވަރަށް ކަމުދާނެ ބޫތަކަށް."

މިހެން ހިޔާލު ދެއްވުމަށް ފަހު އާއިޝާ ދީދީ އެތަނުން ވަޑައިގަތެވެ. އަދި އެކަމަނާ ދެއްވި މިހިޔާލަށް ހަތަރު ކުދިން ވަރަށް ފުންކޮށް ހިނދުކޮޅަކު ވިސްނާލިއެވެ.

ލަސްތަކެއް ނުވެ މިއީ ކުރެވިދާނެ ކަމެއް ކަން ހުރިހާ ކުދިންނަށް ވެސް އެނގުނެވެ. އަދި ވަރަށް އުފާވެފައި ތިބެ ހަތަރު ކުދިން ވެސް ބޫތުގެ މަސައްކަތްތައް ފެށިއެވެ.

ތޯރިގު ހެދީ ބޮލި އުކާ ކުޅިވަރެކެވެ. ފާތުމާ ތައްޔާރުކުރީ ކާށިން ހަދާފައިވާ ލުއިކާނާ އާއި ބުއިންތަކެވެ. ނީނާ އޭނާގެ ގަހަނާ ހަދާ ސާމާނު ގެނެސް ބޫތުގެ އެއް ކަނުގައި އަތުރާލިއެވެ. އަދި ޖެހިގެން ހުރި ކަނުގައި ހަމްޒާ އަތުރާލީ އޭނާ ގެންގުޅޭ ފެންކުލަ ފޮށްޓާއި ފިހިތަކެވެ.

މި ހަތަރު ކުދިން ތައްޔާރުކުރި ބޫތު ވެގެން ދިޔައީ ހުކުރު ދުވަހުގެ ފެސްޓިވަލުގައި އެންމެ ގިނަ ބަޔަކަށް ކަމުދިޔަ ބޫތަށެވެ. ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުން މި ބޫތުގެ ހަރަކާތްތަކުގައި ބައިވެރިވި އެވެ.

ރަށުގެ އެންމެން ތިބީ ވަރަށް އުފާވެފައެވެ. އަންނަ ހުކުރު ދުވަހަކީ ކޮންމެ އަހަރަކު ރަށުގައި ބާއްވަމުން އަންނަ "ރަށު ބޮޑު ފެސްޓިވަލް" އޮންނަ ދުވަހެވެ. އެހެންކަމުން ރަށުގެ އެންމެން ވެސް ދިޔައީ މި ދުވަހަށް ތައްޔާރުވަމުން ނެވެ.

އަދި އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ކުޑަކުދިން ވެސް ދިޔައީ މި މުނާސަބަތަށް ތައްޔާރުވަމުން ނެވެ. ސަބަބަކީ މި އަހަރުގެ ފެސްޓިވަލުގައި ބޫތުތައް ހަދާ ބައިވެރިވުމުގެ ފުރުސަތު ކުޑަކުދިންނަށް ވެސް ހުޅުވާލާފައި ވާތީ އެވެ.

އަދި ފެސްޓިވަލު ނިމެންދަނިކޮށް އާއިޝާ ދީދީ ވެސް މި ބޫތަށް ވަޑައިގަތެވެ. ބޫތު ތައްޔާރުކޮށްފައި ހުރި ގޮތަށް ބައްލަވާ، ފަހުރުވެރިވެ ހުންނަވާ އާއިޝާ ދީދީ ވިދާޅުވިއެވެ.

"އެކުގައި މަސައްކަތް ކުރުމުން ނުކުންނަ ނަތީޖާ ކިހާ ފުރިހަމަ؟ ހުރިހާ ކުދިންގެ ހިޔާލު ވެސް އަޑުއެހުމުން ހައިރާން ކުރުވަނިވި ނަތީޖާތަކެއް ފެނިގެން މިވަނީ ގޮސްފައި."

ޖާދޫގެ ދޯނި

ވަމުންދާ ކަންތައްތަކަށް ގެއްލިފައި އިން ސާރާއަށް ވަގުތު ހޭދަވަމުން ދިޔަ ގޮތް ވެސް ނޭނގުނެވެ. ސާރާގެ ރަށާއި ކައިރީގައި އޮތް އެއް ރަށް ހުރަސްކޮށްފައި ދޯނި ދުއްވާފައި ދިޔައެވެ. އަދި އެއަށް ފަހު އެހެން ރަށެކެވެ. ދެން އެހެން ރަށެކެވެ.

މިއިން އެއްވެސް ރަށަކަށް އަދި ސާރާ ދުވަހަކު ވެސް ނުދެއެވެ. ނަމަވެސް މި ރަށްތަކުގެ ވާހަކަތައް ވެސް ސާރާއަށް ވަނީ މާމަކާފަމެން ކިޔާދީފަ އެވެ.

ދޯނި މިހެން ދުއްވަމުން ގޮސް ރަށެއްގެ ކައިރީ ފާލަމަށް ގާތްކޮށްފި އެވެ. ނަމަވެސް މިއީ ސާރާއަށް ވާހަކަތަކުން ވެސް އަޑުއިވިފައިވާ ރަށެއް ނޫނެވެ. ދޯނިން ސާރާ ފޭބިއިރު މުޅި މޫދު ތެރެ ވަނީ ކުދި ގިނަ އަލިތަކަކުން ދިއްލާލާފަ އެވެ. ކާފަމާމަ ކިޔާދިން ގޮތަށް މޫދު މި އޮތީ ރެނދަންލާފައިކަން ސާރާއަށް އެނގުނެވެ. އެހާ ވެސް ޗާލެވެ.

"އަހަރުމެން މިތިބީ ކޮންތާކު؟" ސާރާއަށް ދޯންޏާ ސުވާލުކޮށްލިއެވެ.

"މިއީ ޒަމާނުއްސުރެއް ވެލާ އަރާ އުޅޭ ރަށެއް" މުސްކުޅި ދޯނި ޖަވާބުދިނެވެ. "މި ރަށް މިހާތަނަށް ފެނިފައި ވާނީ މަދު އިންސާނަކަށް. މި ވެލާތަށް މި ރަށާއި ރަށުގެ ވަށައިގެން މާހައުލު ރައްކާތެރި ކުރޭ. މިރަށަށް އެރޭނީ ވަރަށް އޯގާތެރި އިންސާނުންނަށް."

މި ރަށުން ސާރާއަށް ވަރަށް ދުވަސްވީ ހިކްމަތްތެރި ވެލައަކާ ދިމާވިއެވެ. މި ވެލާގެ ތޮށިގަނޑުމަތިން މޫދުގެ ރާޅުތައް ސިފަވަމުން ދިޔައެވެ. ސާރާއަށް ރަނގަޅަށް ބަލާލަން ހުރުމަށް ފަހު މި ވެލާ ސާރާއަށް އެއްޗެއް ދިއްކޮށްލިއެވެ. އެއީ ކަރުގައި އަޅާ ހާރެކެވެ.

"މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ބޮލިތަކަކުން ހަދާފައިވާ ހާއްސަ ހާރެއް. މި ހަދިޔާ މި ދެނީ ސާރާގެ އޯގާތެރިކަމާއި، ވަށައިގެންވާ މާހައުލާ ބެހޭ ކަންކަން އެނގި ދަސްކުރަން ސާރާ ހުންނަ ޝައުގުވެރިކަމުން. މި ހާރު އަޅައިފި ނަމަ އަބަދުވެސް ސާރާއަށް ކަނޑުމަތީ ރައްކާތެރިކަން ލިބޭނެ. ބޭނުންވާ މަންޒިލަށް ދުއްތުރައެއް ނެތި ދެވޭނެ."

ސާރާ އެ ރަށުން ފޭބީ ހިކްމަތްތެރި ވެލާ ދިން ހާރު ހިފައިގެންނެވެ. އެއަށް ފަހު އެ މުސްކުޅި ދޯނި ދެން ސާރާ ގެންދިޔައީ އެހެން ރަށަކަށެވެ. މި ރަށުން ސާރާއަށް ހައިރާންކަން ލިބުނީ ރަށުގެ ގޮނޑުދޮށާ ދިމާލުން ދޯނި ވަނުމަށް ހަނި މަގެއް ކަނޑާފައި އޮތުމުން ނެވެ.

ކޯރެއް ފަދަ އެ ހަނި މަގުން ދޯނި ދުއްވާފައި ދިޔައިރު ދެ ފަރާތުން ބިޔަ ގަސްތައް ފެންނަން ހުއްޓުވެ. އަދި މާ ގިނަ އިރުތަކެއް ނުވެ ދޯނި ގޮސް އެ މަގުން ނުކުތީ ބޮޑު ކުޅިއަކަށެވެ. ލިބުނު ހައިރާން ކަމުން ސާރާގެ އަނގަ ހުޅުވުނެވެ.

ވަށްކޮން އޮތް މި ކުޅި ތެރޭގައި ގިނަ ކުދި މަސްތަކެއް ވައިގެ ތެރެއަށް ފުންމަމުން ދިޔައެވެ. އަދި އެވަރުން ނިމުނީކީ ނޫނެވެ. ރީނދޫ ކުލައިން ދިއްލިފައިވާ ކުދި މާބުރުތަކެއް ފަދަ އެތައް ސަތޭކަ ސޫފިތަކެއް ދިޔައީ އެ ކުޅި މަތީ އެގޮތް މިގޮތަށް އެނބުރެމުން ނެވެ. ހަނދުވަރު ތެރޭގައި މި މަންޒަރު ބަލާލަން ކިތަންމެހާ ވެސް ފުރިހަމަ އެވެ.

މި ރަށަށް ފަހު ދޯނި ދެން އަނބުރާލާފައި ސާރާ ގެންދިޔައީ ސާރާގެ އަމިއްލަ ރަށަށެވެ. އަދި ރަށުގެ ގޮނޑުދޮށު މައްޗަށް ކުރިން އޮތް ގޮތަށް ދޯނި ބީއްސާލިއެވެ.

ދަތުރު ނިމުނީކަން އެނގުމުން ސާރާ ދޯނިން ދޮންވެލިގަނޑަށް ފުންމާލިއެވެ.

އަދި އެނބުރި ދޯންޏަށް ބަލާލާ ދޯނީގައި އަތްޖައްސާލާފައި ބުނެލިއެވެ. "ވަރަށް ބޮޑަށް ޝުކުރިއްޔާ ދޯނި. އަދި މިފަދަ ދަތުރަކު އަޅަގަނޑަށް ދެވޭނެތަ؟"

ޖަވާބުގައި ދޯނި ބުންޏެވެ. "ވަށައިގެންވާ މާހައުލުން އިބްރަތް ހޯދި ވަރަކަށް މިފަދަ ތަޖުރިބާތަށް ސާރާއަށް ކުރެވޭނެ."

މިހެން ބުނުމަށް ފަހު އެ މުސްކުޅި ދޯނި ކުރިން އޮތް ގޮތަށް ބަދަލުވިއެވެ.

ރިޔާ ގެއްލި އަޅަމުން ދިޔަ ދަޅަވެސް އެކީ ގެއްލުނެވެ. އެތާ ހިނދުކޮޅަކު ބަލަން ހުރުމަށް ފަހު ސާރާ އެނބުރި ގެޔާ ދިމާލަށް ހިނގައިގަތެވެ.

ވާހަކަ ނަމްބަރު:

2

ވާހަކަ ލިޔުނީ:

ހަމްދާން

އެއްރެއަކު ސާރާ ކިޔާ ކުއްޖަކު ގޮނޑުދޮށަށް "މުސްކުޅި ދޯނި" ކައިރިއަށް ހިނގާލަން ދިޔައެވެ.

ސާރާ އަކީ އެކި ރަށްތަކާ ބެހޭގޮތުން މާމަކާފަމެން ކިޔާދޭ ގިނަ ވާހަކަތަކެއް އަޑުއަހަން ޝައުގުވެރިވާ ކުއްޖެކެވެ.

ހަނދުވަރުގެ ނަލަކަމުގެ ތެރޭ ގޮނޑުދޮށުގައި ހުރެ ސާރާ އެ ދޯނީގައި އަތް ޖައްސާލިއެވެ. އެވަގުތު އަތިރިމަތީ އެއްވެސް މީހަކު ވެސް ނެތެވެ. ހަމަ އަތް ޖައްސާލުމާ އެކީ އެ ދޯނިން ފަނޑު ދަޅައަށް އަޅަން ފެށިއެވެ.

"މީ ޖާދުލެއްބާ؟" ސާރާ އަމިއްލައަށް އަހާލިއެވެ.

ކުއްލިއަކަށް އޭނާއަށް އިވުނީ ފަނޑުފަނޑު އަޑެކެވެ. ހީވީ ޖެހެމުން ދިޔަ ރޯޅިތަކާ އެކު މާ ދުރުހިސާބަކުން އައިސް ފޯރި އަޑެއްހެން ނެވެ.

"އަހަންނަށް އަރާ. އަހަރެން މަޑުކޮށްގެން މިހިރީ ސާރާ އަންނަންދެން."

ހައިރާންވެފައި ހުރި ސާރާ ދެފަރާތް ބަލާލިއެވެ. އަދިވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

"ތިޔައީ ކާކު؟" ސާރާ ސުވާލުކޮށްލިއެވެ.

"މިއީ އަހަރެން، މުސްކުޅި ދޯނި،" ޖަވާބު އައެވެ. "މީގެ އެތައް ޒަމާނެއް ކުރިން އަހަރެން ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް ހެދިން. އެ ރަށްތަކުގެ ވާހަކަތަކާއި ސިއްރުތައް އަހަރެން ދަސްކުރިން. އަހަރެން މިހެން އޮވެއޮވެ މިހާރު ފޫހިވެއްޖެ. ސާރާ ބޭނުންތަ ބައެއް ރަށްތަކުގެ ޖާދޫތައް ބަލާލަން؟ އެހެން ކަމުގައި ވަނީނަމަ އަރާ އިށީނދެލާ."

ހިތްތެޅެމުން ދިޔަ ސާރާ ދޯންޏަށް އަރާ އިށީނެވެ. ހަމަ އިށީނުމާ އެކު ދޯނި ގޮނޑުދޮށުން ފަހަތަށް ޖަހާލާފައި މޫދަށް ބީއްސާލައިފިއެވެ. އަދި އެއަށްފަހު ދޯނީގެ ދިރުނބާކޮޅު ރަށާ ދުރަށް އަނބުރާލާ ދޯނި ދުވަން ފެށިއެވެ.

އާޝޯހުވެ އަންތަރީސްވެފައި ހުރި ސާރާއަށް ދެން ފެނުނީ ދޯނީގެ ކުނބުގައި ކުއްލިއަކަށް ރިޔަލެއް ހުރިތަނެވެ. އަޑެއްބަޑެއް ނެތި ދޯނި ހަނދުވަރު ތެރޭގައި ދުއްވާފައި ކަނޑަށް ނުކުމެއްޖެއެވެ. އިވެނީ މަޑުމޮޅި އަޑުތަކެވެ. ރާޅުތަކުގެ ތެރޭ ދޯނި ބީހިލާފައިދާ އަޑެވެ. އުޑުމަތީ ތަރިތައް ވިދާ ބަބުޅަނީއެވެ. ރަށުގެ އެއްފަރާތުން ބޮޑު ހަނދެއް ފެންނަން ހުއްޓެވެ.

ސާފު ވިލުނޫކުލައިގެ މޫދަކުން ވަށާލާފައި އޮތް ރީތި ރަށެއްގެ ގޮނޑުދޮށުގައި ގިނަ ދުވަސްތަކެއް ވަންދެން ބޭނުންނުކޮށް އޮތް ދޯންޏެއް އެހެލާފައި އޮތެވެ.

މި ދޯނީގައި ލާފައި ހުރީ ރަތް، ނޫ، އަދި ފެހި ދަވާދު އެވެ. މި ރަށުގެ މީހުން މި ދޯންޏަށް ކިޔާ އުޅެނީ "މުސްކުޅި ދޯނި" އެވެ. އަދި ރަށުގެ ގިނަ ކުޑަކުދިން ގޮނޑުދޮށުގައި ކުޅެ ހަދާއިރު މި ދޯންޏަށް އަރާހަދަ އެވެ. ނަމަވެސް މިއީ އާދައިގެ ދޯންޏެއް ނޫނެވެ.

އޯގާތެރިކަމުގެ ހިރިގާ

އެއްދުވަހަކު ހަވީރު ކާފަ މަރިޔަމް އަށް ގޮވާލެއްވިއެވެ.

މަރިޔަމް އައިއިރު ކާފަ ކައިރީ ބޮޑު ފޮށްޓެއް ހުޅުވާފައި ހުއްޓެވެ. އެ ފޮށި ތެރޭ ފުރެންދެން ހުރީ ކުދިކުދި ހިރިގާކޮޅު ތަކެކެވެ.

މި ހުރިހާ ގާކޮޅުތަކުން ބޮޑު އެއް ހިރިގާ ރޭވިދާނެ ކަމަށާއި، މިއީ އެގޭގައި އެތައް ޒަމާނެއް ވަންދެން ހުރި ފޮށްޓެއް ކަމަށް ކާފަ ވިދާޅުވި އެވެ.

އަދި މިއީ އޯގާތެރިކަމާ ގުޅިފައިވާ ގަލެއް ކަމަށާއި، ހަމަ އެކަނި ހުނަރު ބޭނުންކޮށްގެން މި ގާ ރޭވުމުގެ މަސައްކަތް ފުރިހަމަ ނުކުރެވޭނެކަމަށް ވެސް ކާފަ ނަސޭހަތްތެރިވިއެވެ.

ޝައުގުވެރިކަމާ އެކު މަރިޔަމް މި ހިރިގާ ރޭވުމުގެ މަސައްކަތް ފެށިއެވެ.

ނަމަވެސް އެތަށް ދުވަހެއް ފަހުން ވެސް މަރިޔަމް އަށް މިކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ.

"ކާފާ، ކީއްވެތޯ މި ގާ ރާވަން އެހާ އުނދަގުލީ؟" މަރިޔަމް އެއް ދުވަހު ސުވާލުކޮށްލި އެވެ.

ޖަވާބުގައި ކާފަ ހިނިތުންވެ ހުންނަވާ ވިދާޅުވީ މިވަގުތަށް މަސައްކަތް ހުއްޓާލާފައި ފަހުން އަލުން މަސައްކަތް ފެށުމަށެވެ.

ޖެހިގެން އައި ދުވަހު މަރިޔަމް ހިނގާލަން ދިޔައެވެ. އަދި ގޮނޑުދޮށުގައި ކުއްޖަކު އެކަނި އިންދައި އޭނާއަށް ފެނުނެވެ.

އެއީ އަލީއެވެ. މަރިޔަމް އަށް އަލީ އަބަދުވެސް ފެންނަނީ އެކަނި އުޅޭތަނެވެ.

ހަމަ އެވަގުތުކޮޅު ކާފަ ކުރިން ވިދާޅުވެފައިވާ ބަސްކޮޅެއް މަރިޔަމްގެ ހަނދާނަށް އައެވެ. އޯގާތެރިކަމުގެ ބަސްކޮޅެކެވެ.

ލަސްނުކޮށް މަރިޔަމް ގޮސް އަލީ ކައިރީ ގޮނޑުދޮށުގައި އިށީނދެއްޖެއެވެ.

"އަލީ،" މަރިޔަމް ވާހަކަ ދައްކަން ފެއްޓިއެވެ. "ބޭނުންތަ ވަރަށް ހާއްސަ މަސައްކަތެއްގައި އަހަންނަށް އެހީތެރިވެދޭން؟"

ހައިރާންވެފައި ހުރެ އަލީ އާނ އެކޭ ބުނަން ބޯޖަހާލިއެވެ.

މިއާ އެކު ރާވަން މަސައްކަތް ކުރަމުން އަންނަ ހިރިގަލުގެ ވާހަކަ މަރިޔަމް އަލީއަށް ކިޔާދިނެވެ.

އަދި އަލީ މަރިޔަމްއަށް އެހީތެރިވެދޭނެ ކަމަށް ޝައުގުވެރިކަމާ އެކު ބުންޏެވެ. މިއާ ދެކުދިން ކާފަ އަލިދީ މަސައްކަތް ކުރައްވާ ހަރުގެއަށް ގޮސް ހިރިގާ ރޭވުމުގެ މަސައްކަތް ފެށިއެވެ.

ވާހަކަ ނަމްބަރު:

1

ވާހަކަ ލިޔުނީ:

ހަމްދާން

އެއްޒަމާނެއްގައި ރަހާވާދޫ ރަށުގައި މަރިޔަމް ކިޔާ ކުއްޖަކު އޭނާގެ ކާފައާ އެކު ދިރިއުޅުނެވެ. މަރިޔަމްގެ ކާފަ އަލިދީ ކުރައްވަނީ ހިރިގަލުގެ މަސައްކަތެވެ.

ކެތްތެރިކަމާއި ފަރުވާތެރިކަމާ އެކު މި ހިރިގާ ރޭވުމުގައި ލިބިފައިވާ ކުރިއެރުންތައް މަރިޔަމް ކިޔާދިނެވެ. އަދި އަލީ ވެސް ދިޔައީ ހިޔާލު ދެމުންނެވެ.

ދެކުދިން އެކުގައި މަސައްކަތް ކުރި ފުރަތަމަ ފަހަރު މި ހިރިގާ އެކީ ރާވާ ނުނިމުނު ނަމަވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދިއެވެ.

ޖެހިގެން އައި ދުވަސްތަކުގައި ހުސްވަގުތު ހޯދައިގެން މި ދެކުދިން ރޭވުމުގެ މަސައްކަތް ކުރަމުން ގެންދިޔައެވެ.

މި ވަގުތުތަކުގައި ދެކުދިން ދެއްކި ވާހަކަތަކުން އަލީގެ ބައްޕަ ނިޔާވެފައިވާކަން މަރިޔަމް އަށް އަލީ ކިޔާދިނެވެ. އަދި އަލީ އެކަނިވެރިކޮށް އުޅެނީ އެހެންވެކަން މަރިޔަމް އަށް އެނގުނެވެ.

ކޮންމެއަކަސް ދެކުދިން ކުރި ބުރަ މަސައްކަތުން ހަފްތާއެއްހާ ދުވަސް ފަހުން އެއް ދުވަހެއްގެ ހަވީރު މިހިރިގާ ރާވާ ނިމެން ވަރަށް ކައިރިވިއެވެ. އަދި އެންމެ ފަހު ގައުކޮޅު ރޭވީ ދެކުދިން އެކުގައެވެ.

އެ ފަހު ގައުކޮޅު ފުރިހަމަ ކުރުމާ އެކު ކުއްލިއަކަށް ދެކުދިންނަށް ބޮޑު ހައިރާންކަމެއް ލިބުނެވެ.

އެ ބޮޑު ހިރިގަލުން ކުއްލިއަކަށް ވަނީ ދަޅައެއް އަޅަން ފަށާފައެވެ. އަދި އެ ގަލުގެ މަތިން ތަފާތު ކުރެހުންތަކެއް ފެންނަން ފެށިއެވެ. ޖަޒީރާ ރަށްތަކާއި، ތަރިތަކާއި، ގަސްގަހާގެހި ފަދަ އެކި ކަހަލަ ރީތި އަތްތެރި ކުރެހުންތަކެއް ހުއްޓުމެއް ނެތި ބަދަލުވެ ފެންނަމުން ދިޔައެވެ.

އެވަގުތާ ދިމާކޮށް ހަރުގެއަށް ކާފަ ވަދެވަޑައިގެންފިއެވެ. އަދި ހިރިގާ ރާވާ ނިމިފައި ހުރިތަން ފެނި ވަރަށް އުފާފުޅުވިއެވެ.

"މަރިޔަމް އަށް މިކަން ތިޔަ ފުރިހަމަ ކުރެވުނީ އޯގާތެރިކަމާއި، ކެތްތެރިކަމާއި އަނެކާއާ މެދު އަޅާލުން އިސްކުރުމުން،" މަރިޔަމްއާ މެދު ފަހުރުވެފައި ހުންނަވާ ކާފަ ވިދާޅުވިއެވެ.

އެދުވަހަށް ފަހު މަރިޔަމް އާއި އަލީ އަކީ ރަހުމަތްތެރިންނެވެ. މިދެކުދިންގެ ރަހުމަތްތެރިކަން ބިނާވެފައި އޮތީ ޖާދޫގެ އެ ހިރިގާ ރާވާ ފުރިހަމަކުރުމުގައި ދަސްވި އޯގާތެރިކަމާއި، ކެތްތެރިކަމާއި، އެހީތެރިކަމާއި، އެކަކު އަނެކަކަށް އެއްބާރުލުން ދިނުމުގެ މައްޗަށެވެ.